Ruhumugaa kaakuhey by Khalid Sulaiman published on 2017-11-27T07:32:30Z ރުހުމުގާ ކާކުހޭ ބަލާލަނީ ގެއްލިދާ މިޖާނު ކާކު ހޯދަނީ ކުރެވުނީ ހާދަ އިންތިޒާރެކޭ މޭގެ ވިންދު ހުއްޓިދާނެ އާހެކޭ ވޭނި ހިތުގެ އަޑުއަހާ ރޮވޭނެ ދެން ބޭޤަރާރު ކޮށްލުމުން ވަދާއަކުން ލޯމި ފާރުވީ ކުރާ ޚިޔާލުގާ ވޭނުގާ ނިމޭށެ މިވީ ހާލުގާ ދިރިހުރުން ކެތްނުވޭ ހަނދާނުގާ ގެއްލިދާ މިޖާނު ކާކު ހޯދަނީ ރުހުމުގާ ކާކުހޭ ބަލާލަނީ ގެއްލިދާ މިޖާނު ކާކު ހޯދަނީ ބޭވަފާ ނުވާ މި ކާކު އަދު ހުރީ ނޭނގިވާ ތި ފާޅުގާ ނުބުނަނީ ރީތި މޫނުގާ ތިވާ ނިޝާނަކީ ރޭދުވާ ގުނާލެވޭ އަޖައިބެކޭ ބޭނުމީ އަރިއަހުން ހިމާޔަތޭ ގެއްލިދާ މިޖާނު ކާކު ހޯދަނީ ރުހުމުގާ ކާކުހޭ ބަލާލަނީ ގެއްލިދާ މިޖާނު ކާކު ހޯދަނީ ހިތުގެ ދެން ތި ސޫރަ ކުރެހިދާނެހޭ ލޯބިވާނެ ހިތްވަރެއް ދެނެއް ނެތޭ ދާށެ ދެން ތި ނުރުހުމާއެކީ ކަލާ އޭރު ހޯދި ދާނުގާ އުފާ ކުރަން ފަރިކަމާ ރީއްޗަކުން އަގެއް ނެތޭ ގެއްލިދާ މިޖާނު ކާކު ހޯދަނީ ރުހުމުގާ ކާކުހޭ ބަލާލަނީ ގެއްލިދާ މިޖާނު ކާކު ހޯދަނީ ކުރެވުނީ ހާދަ އިންތިޒާރެކޭ މޭގެ ވިންދު ހުއްޓިދާނެ އާހެކޭ ---------------------------------------- By: DRHardy